ރ. އުނގޫފާރު މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށް އެ މަޝްރޫގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އުނގޫފާރު މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އުނގޫފާރުގެ 13 މަގެއްގެ ދުއްވޭ ސަރަހައްދުގެ ގޮތުގައި 16،488 ސްކުއެއާ މީޓަރު ގާއިމުކުރާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން އުނގޫފާރު މަގުތަކުގައި ފެން ހިންދާ ނިޒާމެއް ގާއިމުކޮށް، ސައިޑް ވޯކް ހެދުމުގެ އިތުރުން މަގުތަކުގައި މަގު ބައްތި ހަރުކޮށް މަގުގައި ރޯޑް ސައިންސް ހަރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މި މަޝްރޫއުއަށް 28.66 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި