ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
އެ މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި 10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. އޭގެ އިތުރުން 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތާއި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ޖަހާނެ އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާއިރު، ބަނދަރު ފުން ކުރުމުގެ 45 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
އޮގަސްޓް 27، 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ ޖުމްލަ 47.6 މިލިއަން ރުފިޔާއަށެވެ. އެއީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު