ރާއްޖެ އައި އިތުރު 4 ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހަތަރު ފަތުރުވެރިޔަކު ހިމެނޭ ކަމަށެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖޯލި މޯލްޑިވްސްގެ ތިން ފަތުރުވެރިޔަކާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ފަތުރުވެރިއެއް ކަމަށާއި އެމީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. ޕޮޒިޓިވްވެފައިވަނީ އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއަކާއި އެމެރިކާގެ ފަތުރުވެރިއެއްގެ އިތުރުން މިސްރުގެ ފަތުރުވެރިއެކެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ރާއްޖެ އައި ފަތުރުވެރިޔަކު ޕޮޒިޓިވްވެފައެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެމީހާ މިވަގުތު ހުރީ އޭނާ ޗުއްޓީ ހޭދަކުރަމުން އައި އޮބްލޫ ސަންގެލި ރިސޯޓުގައި ކަމަށް އެޗްއީއޯސީން ބުނެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) 89 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 4769 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެއްސަކާއި ބަންގުލަދޭޝްގެ 19 މީހަކާއި އިންޑިއާގެ ހަ މީހަކާއި ސްރީލަންކާގެ ދެ މީހަކާއި އިނގިރޭސިވިލާތުގެ ދެ މީހަކާއި އެމެރިކާގެ މީހަކާއި މިސްރުގެ މީހެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު