ހއ. އިހަވަންދޫ "ތަހުތު" ބޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހއ. އިހަވަންދޫ ތަހުތު ބޯޓުގައި މަސައްކަތް ކުރާ ބަންގުލަދޭޝްގެ ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންނަކީ މީގެ ކުރިން އެރަށުން ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓުން ކަމަށެވެ.
މީގެ ކުރިން އެރަށުގެ ދެ ބޯޓަކުން ޖުމްލަ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ.
މިއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ ފަހެކެވެ.
އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެ ރަށުގެ "242" ބޯޓުގެ ކޭޝިއަރެކެވެ. އަދި އެ ބޯޓުގެ އިތުރު ފަޅުވެރިއެއްވެސް ފަހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. ތަހުތު ބޯޓުން މީގެ ކުރިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި ދެ މީހުންނާއެކު އެ ބޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު