ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ވާޗުއަލް ރިސެޕްޝަނެއް ބާއްވައިފިއެވެ.
މި ރިސެޕްޝަން ޝަރަފްވެރިކޮށްދެއްވީ، ތައިލެންޑްގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ދުސިތު މަނަޕަންއެވެ.
މި ރިސެޕްޝަންގައި ވާހަކަދައްކަވަމުން ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޖިނާހު ވަނީ ދެގައުމުގެ މެދުގައި އޮންނަ ގުޅުން، ހާއްސަކޮށް ވިޔަފާރީގެ ދާއިރާއިން އޮންނަ ގުޅުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އަދި ކޮވިޑުން އަރައިގަތުމަށް ތައިލެންޑް ސަރުކާރާއި ވިޔަފާރިތަކުން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުންނާއި، ކޮވިޑުން އަރައިގަތުމަށް ތައިލެންޑް ފަދަ އެކުވެރި ގައުމުތަކާއި އަދި ބައިނަލްއަގުވާމީ މުޖްތަމައުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހާއްސަ ވީޑިއޯ މެސެޖެއް ވަނީ ދައްކާލައިފައެވެ. މި މެސެޖުގައި މިނިސްޓަރު ޝާހިދު ވާހަކަދެއްކެވީ ތައިލެންޑް ބަހުންނެވެ.
މި ރިސެޕްޝަނުގައި ތައިލެންޑުގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި، ތައިލެންޑް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު