ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކުޑަރިކިލު ކައުންސިލުގެ ރައީސް އަބުދުލް ހަންނާން އައްބާސް "ވަން"އަށް ވިދާޅުވީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބަންގުލަދޭޝްގެ ރައްޔިތަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަަމަށާއި އެމީހާއަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެރަށަށް ހޯމް ކަރަންޓީނަށް ދިޔަ މީހެއް ކަމަށެވެ.
ހަންނާން ވިދާޅުވީ އޭނާގެ ސާމްޕަލް ނަގައި އޭދަފުށީގައި ހުންނަ ކޮވިޑް ސެންޓަރަށް މިއަދު ފޮނުވުމުން، އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެ ސެންޓަރުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ސިއްހީ މަރުކަޒުން ބަލަމުން އަންނަ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށް ވެސް ހަންނާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮވިޑް ކޭސް ފެނުމާ ގުޅިގެން ރަށުގައި މާސްކު އަޅައިގެން އުޅުމަށާއި އެއްވެ ނޫޅުމަށް ރަށު ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ކުޑަރިކިލުގެ އިތުރުން މިއަދު ވަނީ ހުޅުދުއްފާރު ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ޕޮޒިޓިވްވެފައެވެ. އެމީހާއަކީ އިއްޔެ މާލެއިން ހުޅުދުއްފާރަށް ހޯމް ކަރަންޓީނަށް ދިޔަ މީހެކެވެ.
ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައިވާ އިރު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދާން ހުއްދަ ނުދޭން އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު