ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.

ރައީސް މައުމޫންގެ އާއިލާގެ ގާތް ބޭފުޅަކު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަށިގަނޑުން ލޮނުގެ މިންވަރު މަދުވެގެން ނަސްރީނާ އެޑްމިޓްކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އެކަމަނާއަށް ފަރުވާ ދެއްވަމުން ގެންދަވަނީ ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.

ނަސްރީނާގެ ސިއްހީ ހާލުކޮޅާ ގުޅިގެން ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަސްރީނާ ކޮވިޑަށް ވެސް ޓެސްޓް ކުރެއްވި ކަމަށާއި އެކަމަނާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި ރައްޓެހިންނަށާއި ހެޔޮ ދުއާާ ކޮށްދެއްވި އެންމެހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ނަސްރީނާގެ ހާލު ރަނގަޅުވަމުން އަންނާތީ ﷲ އަށް ހަމްދުކުރަން،" ރައީސް މައުމޫންގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.