ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެފިއެވެ.
ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނަސްރީނާ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށްޓަކައި ފާއިތުވި ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ކަމަށާއި އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މެޑަމް ނަސްރީނާއަށް ފަރުވާދިނުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ދައްކަމުންގެންދާ އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަކުރާ ކަމަށާއި އެކަމަށްޓަކައި ރައީސް މައުމޫނާއި އެ މަނިކުފާނުގެ އާއިލާ ވަރަށް ބޮޑަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ވަނީ، ހެޔޮއެދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮ ދުއާތަކާއި، މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާތީ ހުރިހާ ފަރާތްތަކަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވައިފައެވެ.
ނަސްރީނާގެ އުމުރުފުޅުން މިހާރު 74 އަހަރެވެ.
ނަސްރީނާ އިބްރާހިމް
ނަސްރީނާ އިބްރާހިމް