އެއް ސީޒަންގެ ރެލިގޭޝަކަށް ފަހު ފުލަމް އަލުން އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވެއްޖެއެވެ.
ފުލަމް ޕްރިމިއާ ލީގަށް ކޮލިފައިވީ ރޭ ކުޅުނު އީއެފްއެލް ޗެމްޕިއަންޝިޕްގެ ޕްލޭއޮފް މެޗުން ބްރެންޓްފޯޑް އަތުން 2-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ފުލަމްއިން ވަނީ ލީޑު ނަގައިފައެވެ.
ލިބުނު ހިލޭ ޖެހުމަކުން އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖޯއި ބްރަޔަންއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖޯއި ބްރަޔަން ވަނީ އިތުރު ލަނޑެއް ޖަހައި ފުލަމް އަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ބްރެންޓްފޯޑުން ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހެންރިކް ޑަލްސްގާޑެވެ.
ފްލަމް ޕްރިމިއާ ލީގުގައި އެންމެ ފަހުން ވާދަކޮށްފައިވަނީ 19-2018ގެ ސީޒަނުގައެވެ. ފްލަމްގެ އިތުރުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ދެވަނަ ޑިވިޝަނުން ޕްރޮމޯޓް ވެފައިވަނީ އީއެފްއެލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ލީޑްސް ޔުނައިޓެޑާއި ވެސްޓް ބްރޮމްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު