ދުނިޔެ

ކޮވިޑް ފެތުރުން އިތުރުވުމާއެކު ޗައިނާގެ މެޑިކަލް ޓީމެއް ހޮންގްކޮންގަށް

މުހައްމަދު އައުޒަމް

ކޮވިޑް ފެތުރުން އިތުރުވުމާއެކު ޗައިނާގެ މެޑިކަލް ޓީމެއް ހޮންގްކޮންގްގައި ހަރަކާތްތެރި ވާން ފަށައިފިއެވެ.

ޗައިނާގެ މެޑިކަލް ޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ ހޮންކޮންގައި މާސް ޓެސްޓިން ހިންގުން ކަމަށް ޗައިނާގެ ސްޓޭޓް މީޑިއާއިން ބުނެފައި ވެއެވެ. މިޓީމުގައި ހިމެނެނީ ޗައިނާގެ ދެކުނު ގުއަންގްޑޮންގް ޕްރޮވިންސްގެ ޕަބްލިކް ހޮސްޕިޓަލުގެ މެންބަރުންނެވެ.

މިއީ ޗައިނާގެ މެޑިކަލް ޓީމެއް ހޮންގްކޮންގްގައި ހަރަކާތްތެރިވާ ފުރަތަމަ ފަހަރެވެ.

ހޮންގްކޮންގްގެ ސަރުކާރާ ގުޅުން ހުރި ބައެއް ފަރާތްތަކުން ވަނީ ޗައިނާގެ ޓީމުން އެގައުމުގައި ހިންގާ ހަރަކާތްތަކުގައި ޗައިނާގެ ބައެއް ފަރާތްތަކުގެ ޑީއެންއޭ ސާމްޕަލްނަގައި އޭގެ ނުރަނގަޅު ބޭނުން ކުރާނެ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ހޮންގްކޮންގުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.