ކޮވިޑް ފެތުރޭތީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް އެ މުއްދަތުގައި ޓޫރިޒަމް މިނިސްޓްރީގެ ހިދުމަތްތައް އޮންލައިންކޮށް ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާތީ، އެ މުއްދަތުގައި އެ މިނިސްޓްރީގެ ކައުންޓަރުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ފޯރުކޮށްދޭނީ އޮންލައިންކޮށް ކަމަށެވެ.

އެގޮތުން ބައެއް ހިދުމަތްތައް ހޯދަން ޖެހޭނީ އީމެއިލްގެ ޒަރީއާއިން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯދަން ޖެހޭ ހިދުމަތްތައް:

ޓޫރިސްޓް ފެސިލިޓީއާ ގުޅޭ އެންމެހާ ހިދުމަތްތައް: [email protected]

އައު އާންމު ހާލަތުގައި ޓޫރިސްޓު ފެސިލިޓީތައް ހުޅުވުމަށް ބޭނުންވާ އެންމެހާ ހިދުމަތްތައް: [email protected]

ކޮވިޑާ ގުޅުންހުރި މައުލޫމާތު ސާފުކުރުމަށް: [email protected]

އެހެނިހެން މައުލޫމާތު ސާފުކުރުމަށް: [email protected]

ޓޫރިޒަމް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ސާފުކުރުމަށް އެމިނިސްޓްރީގެ ހޮޓްލައިން، 72231313 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.