ގުޅުމެއް ނެތް ކޭސްތައް 40 އިންސައްތައިން މަތީގައި އުޅޭ ކަމަށާއި މިދިޔަ މަހު ކޮންޓެކްޓުންގެ އަދަދު 10،000 އަށްވުރެ މަތި ކަމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއިޝަތު ސާމިޔާ ވިދާޅުވީ މުޅި ޖޫން މަހުގައި ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 6800 އަށްވުރެ ގިނަ މީހުން އުޅޭ ކަމަށެވެ.
"ޖުލައި މަހު އަޅުގަނޑުމެން ބެލިއިރު ކޮންޓެކްޓް މިއުޅެނީ 10،000 އަށްވުރެ ގިނަކޮށް،" ސާމިޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ކޮންޓެކްޓުންގެ ތެރެއިން އެންމެ ކަންބޮޑުވާ އެއް ކަމަކީ އެއްވެސް ގުޅުމެއްނެތި ޕޮޒިޓިވްވަމުންދާ، އިންޑިޕެންޑެންޓް ކޭސެސް ކަމަށާއި އެއްވެސް ގުޅުމެއްނެތި ޕޮޒިޓިވްވާ ކޭސްތައް ރާއްޖޭގައި ވަރަށް މަތި ކަމަށެވެ. އެގޮތުން 40 އިންސައްތައަށްވުރެ މަތީގައި އެއްވެސް ގުޅުމެއްނެތް، އިންޑިޕެންޑެންޓް ކޭސްތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ސާމިޔާ ވިދާޅުވީ މިގޮތަށް ގުޅުމެއްނެތް ކޭސްތައް އިތުރުވަމުންދާނަމަ ކޮވިޑް ފެތުރުން އިތުރުވެގެންދާނެ ކަމަށާއި ފިޔަވަޅުތައް ވެސް އަޅަމުންދަނީ އެކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ.
ފިޔަވަޅުތައް އަޅާފައިވަނީ އާންމު ކަންކަމަށް ބުރޫނާރައި ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ފުރުސަތު ދެވޭނެ ފަދަ ގޮތަކަށް ކަމަށެވެ. އަދި ރޭގަނޑު ފިހާރަތަކާއި ކެފޭތަކަށްދާ މޫވްމެންޓް ގިނަ ކަމަށާއި އެހެންކަމުން މިއަދު އެޅުގެންދާ ފިޔަވަޅުތަކަކީ އެކަންކަން މަދު ކުރުމަށް އެޅިގެންދާ ފުރަތަމަ ފިޔަވަޅުތައް ކަމަށް ސާމިޔާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު