ޒަރޫރީ ބޭނުމެއްގައި އައިސް ތިބި މީހުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް ރަށްރަށަށް ދިއުމުގެ ހުއްދަ ނުދޭން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ ރަށްރަށަށް ދާން ބޭނުން ވެގެން ވަރަށް ގިނަ ފަރާތްތަކުން އެދޭ ކަމަށާއި އަމާޒަކީ ރަށްރަށަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ.
"ފުރަބަންދު ކަރަންޓީން، ކުރިއަށް މިއޮތް ތަނުން ފެށިގެން ހާއްސަ ކުރެވިގެން ދާނީ ސިއްހީ ކަންކަމުގައި ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދިއުމަށް އެދޭ ފަރާތްތަކަށް. އަދި ހަމައެހެންމެ ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ދާންޖެހޭ ފަރާތްތަކަށް،" ސާމިޔާ ވިދާޅުވިއެވެ.
ސާމިޔާ ވިދާޅުވީ އެހެން ހާލަތްތަކުގައި ރަށްރަށަށް ދާން ބޭނުންވާ ފަރާތްތަކަށް މީގެ ފަހުން އެ ފުރުސަތު ނޯންނާނެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިގޮތަށް ފިޔަވަޅުތައް ހަރުކަށި ކޮށްފައި މިވަނީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައިވެސް ކޮވިޑް ފެތުރެމުންދާތީއެވެ.
މިދިޔަ ހަފުތާގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް 9000 އަށްވުރެ ގިނަ މީހުން ރަށްރަށަށް ދިއުމަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒަރޫރީ ބޭނުމެއްނެތި ދާން އެދިފައިވާ ފަރާތްތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު