ކޮންމެހެން ޖެހިގެން ނޫނީ އޮފީސްތައް ވެސް ނުހުޅުވައި ގެއިން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އާއިޝަތު ސާމިޔާ ވިދާޅުވީ އޮފީހުގެ މަސައްކަތްތައް ގޭގައި ކުރެވޭ ނަމަ ގޭގައި މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ސަރުކާރު އޮފީސްތައް ވެސް މި ހަފުތާގައި މިވަނީ ބަންދުކުރެވިފައި. އޮފީސްތަކަށް ހާއްސަކުރެވިގެން އަޅުގަނޑުމެން ހުށަހަޅާ ގޮތަކީ ވީހާވެސް ބޮޑަށް އޮންލައިންކޮށް މީޓިންތަކާއި ނުވަތަ އެކި ކަހަލަ ކޮންފަރެންސް ނުވަތަ އިވެންޓްސްތައް ބޭއްވުން. ގޭގައި މަސައްކަތްކުރެވޭ މީހުން ގޭގައި މަސައްކަތްކުރުން. އެހެންވީމާ ވީހާވެސް ބޮޑަށް އެކަކު އަނެކަކާ ބައްދަލުވާން މި ލިބޭ ފުރުސަތުތައް މަދުކޮށް، ބަލި ސްޕްރެޑްވުން ދަށްކުރުން،" އޭނާ ވިދާޅުވިއެވެ.
ސާމިޔާ ވިދާޅުވީ އޮފީސް މާހައުލުން ފެންނަ ކޭސްތަކުގެ ކޮންޓެކްޓުން ވެސް ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށާއި މި ނަގާ ފިޔަވަޅުތަކަކީ އޮފީސް މާހައުލުން ކޮންޓެކްޓުން މަދުކުރުމަށް ނަގާ ފިޔަވަޅުތަކެއް ކަމަށެވެ.
"ކޮންމެހެން ޒަރީރޫ ކަމެއްގައި ނޫނީ އޮފީހުގައި މަސައްކަތުގައި ފިޒިކަލީ ގޮސް ކުރަން ޖެހޭ މަސައްކަތްކުރަން ޖެހޭ މަސައްކަތެއް ކަމުގައިވާނަމަ، އޮފީހުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންގެ 50 އިންސައްތަ ދަށްކޮށް އޮފީހުގައި މަސައްކަތްކުރުން. ޕޮޒިޓިވް ކޭސްތަކުގެ މައުލޫމާތަށް ރިއާޔަތްކުރާއިރު، ވަރަށް ބޮޑަށް އިވެންޓްސްތަކުގެ ބޭރުން އޮފީސްތަކުގައި ބްރޭކް ނަގާ ވަގުތުގައި ނުވަތަ އިވެންޓެއްގެ ވެސް ބްރޭކުގައި ސައިބޯން ހޭދަކުރާ ވަގުތުތަކުގައި އެކަކު އަނެކަކާ ދިމާވެ ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ނުވަތަ ބަލި ޖެހިފައި ރިޕޯޓު ކުރެވިފައިވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ސާމިޔާ އިތުރަށް ވިދާޅުވީ ކޮންމެހެން އޮފީހަށް ނުކުމެގެން މަސައްކަތްތައް ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް، އޮފީހަށް ނުކުމެ ބްރޭކް ނެގުން ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބްރޭކު ނެގި ކަމުގައިވިޔަސް ބޭރަށް އެގަޑީގައި ބޭރަށް ނުނުކުތުމަށް އިލްތިމާސްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު