ކޮންމެ ބޮޑު އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގެ ހަވަނަ މެޗުގައި އެމްއެފްސީ އާއި އޯޓޫ ބައްދަލުކުރި މެޗް 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެއްޖެ އެވެ.

އިއްޔެ ކުޅުނު މި މެޗްގެ ފުރަތަމަ ލީޑް ނެގީ އެމްއެފްސީ އިންނެވެ. މެޗްގެ 15 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ލަޔާން އެވެ. އެމްއެފްސީން ލަނޑެއް ޖަހައިފައިވަނިކޮށް އޯޓޫގެ މުހައްމަދު އަލީ އެވެ. އޭނާ މި ލަނޑުޖެހީ މެޗްގެ 40 ވަނަ މިނެޓުގައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޯޓޫ އަށް ލަނޑު ޖަހައިދިން މުހައްމަދު އަލީ އެވެ.

މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް އިންތިޒާމްކޮށްފައި ވަނީ މާއެނބޫދޫ ކައުންސިލުންނެވެ. މި ފަހަރުގެ އީދުކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

ނައިން އަ ސައިޑްކޮށް ކުޅޭ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ޖުމުލަ 12 މެޗު ކުޅޭނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމް، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައި ވެއެވެ.

ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދުކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައި ވަނީ އެކި ފަރާތުންނެވެ.