ރ. އުނގޫފާރާއި ޅ.އޮޅުވެލިފުށި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މި ދެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހަކު އޮޅުވެލިފުށިން އުނގޫފާރަށް ބަދަލުކުރާއި ކުރުމާ ގުޅިގެން ކަމަށެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މި ދެ ރަށް އޮންނާނީ ކަރަންޓީނުގެ ހާލަތުގައި ކަމަށް ތަސްލީމާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި މީހާ މިހާރު މާލެ ގެނެސްފައިވާ ކަމަށްވެސް ތަސްލީމާ މައުލޫމާތު ދެއްވިއެވެ.
މިއާއެކު އުނގޫފާރާއި އޮޅުވެލިފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 4293 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ބަލީގައި ރާއްޖެއިން 19 މީހަކު ވަނީ މަރުވެފައެވެ.