ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބިދޭސީންނަށްވުރެ ދިވެހިންގެ ޖުމުލަ އަދަދު އިތުރުވެއްޖެއެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 129 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 4293 އަށް އަރައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެއްސަކާއި ބަންގުލަދޭޝްގެ 23 މީހަކާއި އިންޑިއާގެ އަށް މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި އިންޑޮނޭޝިއާގެ މީހެއް ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ފެނުނު 4293 ކޭސްގެ ތެރޭގައި ހިމެނެނީ 2175 ދިވެހިންނާއި 2118 ބިދޭސީން ކަމަށެވެ.
"މިހާތަނަށް ފެނުނު 4293 ކޭސްގެ ތެރޭގައި 2175 މީހުންނަކީ ދިވެހިން. އަދި 2118 މީހުންނަކީ ބިދޭސީން. އެހެންކަމުން މިހާތަނަށް ފެނުނު ޖުމުލަ މީހުންގެ އަދަދުން މިހާރު މިވަނީ ދިވެހިން ގިނަވެފައި." އޭނާ ވިދާޅުވިއެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް ފެނުނު ކޮވިޑް ކޭސްތަކުގެ ތެރެއިން ގިނައީ ބިދޭސީންނެވެ. އޭގެ ތެރެއިން ދިވެހިންނަށް ވުރެ އޭރު ޕޮޒިޓިވްވެފައިވާ ބަންގުލަދޭޝް މީހުންގެ އަދަދު އިތުރެވެ. ނަމަވެސް މިދިޔަ މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ދިވެހިންގެ އަދަދު އިތުރުވަމުން ގޮސް، މިހާރު މިވަނީ ޕޮޒިޓިވްވި ބިދޭސީންގެ ޖުމުލަ އަދަދަށް ވުރެ ދިވެހިންގެ ޖުމުލަ އަދަދު އިތުރުވެފައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު