މިއަހަރުގެ މިނިވަން ދުވަހާއި އަލުހާ އީދު ދުވަހުގެ ބަންދަށް، މެދު ކަނޑާލާފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، އެމަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ ކަމެކެވެ.
އެއީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު ގެ 56 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.
ދެން އޮތީ ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައެވެ. ނަމަވެސް އެ މައްސަލަ ކޮމިޓީއަށް ފޮނުވުން ނޫން ކަމެއް އެޖެންޑާގައި ނެތުމުން ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓަށް އަހަން ޖެހޭ ކަމެއް ނޯންނާނެއެވެ.
އާއްމު ގޮތެއްގައި ގިނަ ޖަލްސާތަކުގައި މެންބަރުން ކުއްލި މައްސަލަ ހުށަހަޅުއްވައެވެ. އެހެންކަމުން މާދަމާގެ ޖަލްސާގައި ވޯޓަށް އެހުން އޮންނާނީވެސް އެފަދަ މައްސަލައެއް ހުށަހަޅާނަމައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް