ރާއްޖޭގެ ބޯޑަރު މިދިޔަ މަހު ހުޅުވައިލައިފައިވާ އިރު، މިމަހުން ފެށިގެން އިތުރު ރިސޯޓެއް ހުޅުވައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލީ މިމަހު 15 ގައެވެ. އެދުވަހު 30 ރިސޯޓެއް ހުޅުވައި ހިދުމަތް ދެމުން އަންނައިރު ޓޫރިޒަމް މިނިސްޓްރީން ހިއްސާ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެ އިން ފެށިގެން އިތުރު 17 ރިސޯޓެއް ވަނީ ހުޅުވައިފަ އެވެ. އެ ރިސޯޓްތަކަކީ:
- • އެމަރެލްޑް މޯލްޑިވްސް ރިސޯޓް
- • ޖޯލި މޯލްޑިވްސް
- • ރޯޔަލް އައިލެންޑް ރިސޯޓް
- • ސެންތާރާ ރަސް ފުށި ރިސޯޓް
- • ދުސިތް ތާނީ މޯލްޑިވްސް
- • ސިކްސް ސެންސެސް ލާމު
- • ސަން އައިލެންޑް ރިސޯޓް
- • ހޮލިޑޭ އައިލެންޑް ރިސޯޓް
- • ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
- • ބަނޑޮސް މޯލްޑިވްސް
- • ކޮކޯ ޕާމް ދުނިކޮޅު
- • ކޮކޯ ބޮޑު ހިތި
- • ސަން އަކުއާ އިރުވެލި މޯލްޑިވްސް
- • ސަން ސިޔާމް އިރު ފުށި މޯލްޑިވްސް
- • ބިޔާދޫ އައިލެންޑް ރިސޯޓް
- • ނިކަ އައިލެންޑް ރިސޯޓް
- • ޝެވަލް ބްލެންކް ރަންދެލި
އޭގެ އިތުރުން އިއްޔެ އިން ފެށިގެން ކޫއްޑޫގައި ހުންނަ މާކިއުރީ މޯލްޑިވްސް ކޫއްޑޫ ހޮޓެލް ހުޅުވާފައިވާއިރު ހަ އުޅަނދެއްގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ހުންނަ ފަސް ޓްރާންސިޓް ފެސިލިޓީއެއް ވެސް އިއްޔެ އިން ފެށިގެން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ރިސޯޓުތައް
ރާއްޖޭގެ ރިސޯޓުތައް
ރާއްޖޭގެ ރިސޯޓުތައް