ގެއިން ބޭރުގައި އާންމު ތަންތަނުގައި އުޅޭ އިރު މާސްކު ނާޅާ މީހުންނާ މެދު މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ވަނީ މިއަދުން ފެށިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފުލުހުން އެޗްޕީއޭގެ ގަވައިދުތަކާ އެއްގޮތަށް މާސްކު ނާޅާ އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާސްކު އެޅުމުގައި އެޗްޕީއޭގެ ގައިޑްލައިނުތަކާ ހިލާފުވާ މީހުންނަށް ފުރަތަމަ ފަހަރު ނަސޭހަތް ދޭނެ ކަމަށާއި އަދި މިކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެޗްޕީއޭ އިން އާންމު ކުރި ގައިޑްލައިނުގައި ގެއިން ބޭރުގައި އުޅޭއިރު ނޭފަތާއި ދަތްދޮޅި ނުވާވާ ގޮތަށް މާސްކު އެޅުން މަޖުބޫރުކޮށްފައިވެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުދިން، ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި މާސްކު ނުނެގޭ މީހުން އިސްތިސްނާ ވާގޮތަށް ކަމަށް އެޗްޕީއޭއިން އާންމު ކުރި ގައިޑްލައިނުގައިވެއެވެ.
ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކު އެޅުން މަޖުބޫރުކުރަން ސަރުކާރުން ނިންމައި އެކަން އާންމު ކުރީ ބުރާސްފަތި ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު