ދިރާގު

ދިރާގު ހޯމް ފައިބަރު ބްރޯޑްބޭންޑް ޕެކޭޖުތަކުން އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ އަދި ސްޕީޑް

މަރިޔަމް ޝަހުދާ

ދިރާގު ހޯމް ފައިބަރު ބްރޯޑްބޭންޑް ޕެކޭޖުތަކަށް ބަދަލު ގެނެސް، ކަސްޓަމަރުން އަތުން އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ އަދި ސްޕީޑް ދިރާގުން ތައާރަފު ކޮށްފިއެވެ.

ދިރާގުން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން މި އަޕްގްރޭޑް ތައާރަފު ކޮށްފައިވަނީ މި ދުވަސްވަރަކީ އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރަކަށް ވެފައިވުމުންނެވެ.

މީގެ އިތުރުން ފާއިތުވި މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނިފައިވާ ކަމަށް ދިރާގުން ބުނެއެވެ. މި ނިންމުމަކީ ކުންފުންނީގެ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން ކަސްޓަމަރުންގެ ބޭނުންތަކަށް ހޯމް ފައިބަރު އިންޓަނެޓް ޕެކޭޖުތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަށް ޕެކޭޖުތައް އަލުން ފަރުމާ ކުރުމަށް ދިރާގުން ނިންމި ނިންމުމެއް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި އަޕްޑޭޓާއެކު ދިރާގު ކަސްޓަމަރުންނަށް %20 އާއި %60 އާ ދެމެދުގެ ޑޭޓާ އަދި ރަނގަޅު ސްޕީޑް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. މި ބަދަލާއެކު ކަސްޓަމަރުންގެ އިންޓަނެޓް މަހުފީން %21 އާއި %40 އާ ދެމެދުގެ ލުޔެއް ލިބޭނެ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގު ފައިބަރު ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށް ދިރާގުން ބުނެއެވެ. ދިރާގު ފައިބަރު ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރު ނެޓްވޯކް ކަމަށާއި، އަގާއި ކޮލިޓީ އަދި ސްޕީޑަށް އެއްވެސް ތަފާތުކުރުމެއް ނެތި މިހާރު ރާއްޖޭގެ ގޭބިސީގެ %76 އަދި 61 ރަށަށް މި ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.