ވޯލްޑް ކަޕް ފޯރިއާ ގުޅުވައިގެން، މެޗުތަކުގެ ނަތީޖާ ދިމާކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް "ގެސް ދަ ސްކޯ" ޕްރޮމޯޝަން ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އާއި މިނީސޯ ގުޅިގެން ފަށައިފިއެވެ.

ދިރާގުން މިއަދު ބުނީ މި ޕްރޮމޯޝަނަކީ ވޯލްޑް ކަޕްގެ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ޕޮއިންޓް ހޯދައި، ލީޑާބޯޑުގެ ކުރި ހޯދުމަށް ވާދަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.

ލީޑާބޯޑުގެ އެންމެ މަތީގައި ހިމެނޭ ފަރާތްތަކަށް ކަނޑައަޅާފައިވާ އަގުހުރި އިނާމުތަކުގެ ތެރޭގައި މިނީސޯއިން ހުށަހަޅާފައިވާ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް" އާއި "ޓީޓީ ރޭސިން" ގޭމިންގް ޗެއާ ހިމެނޭކަމަށް ދިރާގުން ބުންޏެވެ.

މީގެ އިތުރުން، ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށް ވެސް ވަނީ ނިންމާފައިކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ޑީޖީޖީގެ ވެބްސައިޓުގައި ރަޖިސްޓްރީވުމަށްފަހު، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެކަމަށް ދިރާގުން ބުންޏެވެ.