އަލްހާ އީދުގެ މުނާސަބާގައި އުރީދޫގެ އެމް-ފައިސާގެ "ސެންޑް މަނީ" ފީޗާ ބޭނުން ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ތިން މީހަކަށް 3000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް އުރީދޫން ތައާރަފު ކޮށްފިއެވެ.

އުރީދޫގެ މި އޮފާގެ ދަށުން ތިން ނަސީބުވެރިން ހޮވާނީ ހޯމަ ދުވަހުގެ ކުރިން އެމް-ފައިސާގެ "ސެންޑް މަނީ" ފީޗާ މެދުވެރިކޮށް ތަފާތު ފަސް އެމް-ފައިސާ ވޮލެޓަށް 50ރ އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރާ މީހުންގެ ތެރެއިން ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

ހައްޖު ދުވަހު ފެށި މި ޕްރޮމޯޝަންގައި ބައިވެރިމުގެ އެންމެ ފަހު މުއްދަތަކީ މި މަހު ތިނެއްވާ އަންނަ ހޯމަ ދުވަހުގެ ރޭގަނޑު 11:30 ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. ނަސީބުވެރި ތިން މީހުން އިއުލާނު ކުރާނީ އަންނަ ބުދަ ދުވަހު ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫގެ އެމް-ފައިސާގެ "ސެންޑް މަނީ" ފީޗާ މެދުވެރިކޮށް އިތުރު އެއްވެސް ޗާޖަކާއި ނުލައި އެއް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ޓްރާންސްފާ ކުރެވޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. އެމް-ފައިސާގެ "ސެންޑް މަނީ" ފީޗާ މެދުވެރިކޮށް ދުރުގައި ތިބި އާއިލާ މީހުންނާއި ރައްޓެހިންނަށް އީދު ތަހުނިޔާއާއެކު އީދު ހަދިޔާގެ ގޮތުގައި ފައިސާ ފޮނުވިދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

މީގެ އިތުރުން އެމް-ފައިސާ ވޮލެޓުން ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާ ދެއްކޭނެ ކަމަށާއި، އުރީދޫގެ ބިލްތައް، ކަރަންޓާއި ފެން ބިލު އަދި ރެސްޓޯރަންޓުތަކާއި ފިހާރަތަކަށް ވެސް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ. ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތިއަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީ ވެވޭނެ ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.