ނ. ވެލިދޫގައި މިދިޔަ މަހުގެ 24 އިން 31 ގެ ނިޔަލަށް ކުރިޔަށްދިޔަ ބާއޮކަލޯ ނެޓްބޯލް މުބާރާތުގެ ޗެމްޕިއަންކަން މިސްޓްރިކް ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގެ ޗެމްޕިއަންކަން މިސްޓްރިކް ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެޓީމު ފައިނަލް މެޗް ކާމިޔާބު ކުރީ 55-26 ޕޮޓުން މޮޅުވެގެންނެވެ. ހަތަރު ޓީމު ބައިވެރިވި މި މުބާރާތުގެ މޮޅުކުންތެރިއަކަށް ހޮވުނީ މިސްޓްރިކްގެ ގޯލް އެޓޭކަރު ފާތިމަތު ރިޒްވީނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މިސްޓްރިކްގެ ގޯލް އެޓޭކް ފާތިމަތު ރިޒްވީނާ، ސެންޓަ މަރިޔަމް ރަޝީދާ، ސްޓިލްރެޑްގެ ވިންގް އެޓޭކް ސައުދިއްޔާ އަބްދުއްރައްޒާގް، ގޯލް ޝޫޓް ފާތިމަތު އިބްރާހިމް، ކޭއެންޖީގެ ގޯލް ޑިފެންޑް ހައްވާ ފައިރޫޒާ، އެމްޕްރެސަސްގެ ގޯލް އެޓޭކް މަލީކާ އާދަމް އަދި ސެންޓަ އާމިނަތު އިފާޝާ އެވެ.
މި މުބާރާތަކީ ވެލިދޫ ކޮމިއުނިޓީ ސެންޓަރާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ބާއޮކަލޯ ގުޅިގެން ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އިންތިޒާމްކުރި މުބާރާތެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު