ވ. ފުލިދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފުލިދޫ ކައުންސިލުގެ ރައީސް ސަނާ އަލީ ވާފިރު "ވަން" އަށް ވިދާޅުވީ، އުމުރުން 20 އަހަރުގެ އެ އަންހެން މީހާއަކީ މިމަހުގެ 14 ވަނަ ދުވަހު ރަށަށް އައިސް، ރަށު ގެސްޓް ހައުސްއެއްގައި ކަރަންޓީނު ވެގެން ހުރި މީހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވެ، ދޫކޮށްލަން މިމަހުގެ 28 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަނާ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި މީހާއާއެކު ޖުލައި 14 ވަނަ ދުވަހު އިތުރު ނުވަ މީހަކު ހޯމް ކަރަންޓީނަށް ރަށް ދިޔަ އެވެ. ނަމަވެސް އެ އެންމެންގެ ސާމްޕަލް ވެސް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވްވި މީހާ އިތުރު އެއްވެސް މީހަކާ ކޮންޓެކްޓް ވެފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުން އަންނައިރު މިއީ ފުލިދޫ އިން ޕޮޒިޓިވް ކޭސް އެއް ފެނުނު ފުރަތަމަ ފަހަރެވެ. މިއަދު ޅ. ހިންނަވަރު ހޯމް ކަރަންޓީނަށް ދިޔަ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު