ޅ. ހިންނަވަރު ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ނެގި ސާމްޕަލުން ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.
ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސޯލިހު "ވަން" އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވި މީހާ ހޯމް ކަރަންޓީނަށް ރަށަށް ދިޔައީ މިމަހުގެ 15 ވަނަ ދުވަހު ކަމަށާއި އޭނާއާ އެއް ލޯންޗެއްގައި އިތުރު ބަޔަކު ވެސް ރަށަށް ދިޔަ ކަމަށެވެ.
އޭނާ ރަށުގައި ކަރަންޓީނު ވެގެން ހުރީ ވަކިން ކަމަށާއި އަދި ކަރަންޓީނުގެ މުއްދަތު ހަމަވެގެން އިއްޔެ ރިލީޒް ސާމްޕަލް ނެގިއިރު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ. ސޯލިހު ވިދާޅުވި ގޮތުގައި، އޭނާއާއެކު އެރަށަށް ދިޔަ އަނެއް މީހުންގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުން އަންނައިރު މިއީ މިއަދު ވ. ފުލިދޫން ހޯމް ކަރަންޓީނަށް ދިޔަ މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު