ބިމުގައި ފަސާދަކުރުމާއި، ޓެރަރިޒަމުގެ އަމަލުތައް ހިންގައި، ބިރުވެރި އިންޒާރުތައް ދިނުން މާތްވެގެންވާ އިސްލާމްދީނުގައި ވަނީ ވަރށް ބޮޑަށް މަނާކޮށްފައި ކަމަށް މިއަދުގެ ހައްޖު ހުތުބާގައި ބުނެވިއެވެ.
މަސްޖިދުއްނަމިރާގައި މިއަދުގެ ހައްޖު ހުތުބާ ވިދާޅުވެދެއްވީ، ޝައިހު އަބުދުﷲ އަލް މަނެއާ އެވެ.
މިއަދުގެ ހުތުބާގައި މުސީބާތްތަކަށް ކެތްތެރިވުމާއި، އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައި ނުގަތުމާއި، އިހުތިރާމު ކުރުމާއި، ވިޔަފާރި ކުރުމުގައި ތެދުވެރިވުމާއި، ބޮޑެތި މުސީބާތްތަކުގައި ކަންތައް ކުރުމަށް ދީނުގައި އަންގަވާފައިވާ ކަންތައްތަކަށް ވަނީ އަލި އަޅުވައިލައްވައިފައެވެ.
ހުތުބާގައި ބުނެފައިވަނީ، މާތް ﷲ ގެ ރުހޮވޮޑިގަތުން ވަނީ، އެކަލާނގެ އަމުރު ކުރައްވާފައިވާ ކަންތައްތައް ފުރިހަމައަށް އަދާކުރުމުގައި ކަމަށެވެ. އަދި ކުރިހާ ކަމެއްގައި ކީރިތި ރަސޫލާ ނަމޫނާއަށް ބެއްލެވުމަށާއި، އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް އަޅުކަންކުރުމަށް ހުތުބާގައި ހަނދާކޮށްދީފައިވެއެވެ.
މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމަށް އިޝާރާތްކުރައްވައި ހުތުބާގައި ބުނެފައިވަނީ އުނދަގުލާއި ދައްޗާއި އަރާމުގެ ވަގުތުތަކުގައިވެސް މާތް ﷲ އަށް ޝުކުރުވެރިވާން ވާނެ ކަމަށެވެ.
ބިރުވެރިކަމާއި ނާމާން ކަމާއި، ނަފުސުތައް އުނިކުރެއްވުން ފަދަ ކަންތައްތައް މެދުވެރި ކުރައްވައިގެން، އިމްތިހާނު ކުރައްވާނެކަން މާތް ﷲ އަންގަވާފައިވާ ކަމަށާއި ނަސީބު ލިބިގެންވާ ބަޔަކީ އެފަދަ އިމްތިހާންތަކުން ކެންތެރިވާ މީހުން ކަމަށްވެސް ހުތުބާގައި ބަޔާންކޮށްފަައިވެއެވެ. އެފަދަ އުނދަގޫތައް ކުރިމަތިކުރައްވަނީ، ފާފަ ފުހެވި ދަރުމަ އިތުރު ކުރުމަށްކަން ފާހަގަކޮށް ހުތުބާފައި ބުނެފައިވަނީ، ގުނާ އަދަދު ނުކުރެވޭހާ ނިއުމަތްތައް ކެތްތެރިންނަށްޓަކައި އުޑުތަކާއި ބިންތަކުގައި ފޮރުވިފައިވާ ކަމަށް ﷲ އަންގަވާފައިވާ ކަމަށެވެ. އަދި އާހިރަތްދުވަސް ހަނދާން ކޮށްދެނީ އެފަދަ ކަންކަމުން ކަމަށްވެސް ބުނެފައިވެއެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، މުސީބާތުގެ ވަގުތުތަކުގައި އަތް އުރާލައިގެން ތިބުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްލާމްދީނުގައި އިރުޝާދުދީފައިވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުން މަނާކުރުމުގައި ހިކުމަތްތަކެއްވާ ކަމަށާއި ސައުދީ އަރަބިއްޔާއިން ވެސް އެފަދަ ފިޔަވަޅުތައް އަޅާފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ހުތުބާގައި ބުނެފައިވަނީ، އިންސާނާގެ ސިއްހަތު ރައްކާތެރިކޮށް ފުރާނަ ސަލާމަތް ކުރުމަކީ، އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަގުސަދެއް ކަމަށެވެ. އެހެންކަމުން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ހުރިހާ ކަމެއްގައި ތެދުރުވެރިވުމާއި، އެއްބަޔަކު އަނެއްބައެއްގެ ހައްގުތައް އަދާކުރުމަކީ ދީނުގައި ވަރށްބޮޑަށް ބާރުއަޅާފައިވާ ކަމެއްކަން ހަނދާންކޮށްދެމުން ހުތުބާގައި ބުނެފައިވަނީ، ވިޔަފާރިކުރުމުގައި ވެސް އެކަކު އަނެކަކުގެ ހައްގުތައް އަދާކުރަންޖެހޭ ކަމަށެވެ. އެގޮތުން ދީނުގައި ވިޔަފާރި ހުއްދަ ކުރައްވައި ރިބާ ހަރާމުކުރައްވާފައިވާ ކަމަށް ޝެއިހު ވިދާޅުވިއެވެ. ހަމަ އެހެންމެ ދަރަނިތައް އަދާކުރުމަށާއި، މިސްކީނުންނާއި ފަގީރުންނަށް އެހީތެރިވެ، ސޮދަގާތް ކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
އެކަކު އަނެކަކަށް އިހުސާންތެރިވުމާއި ހެޔޮކޮށް ހިތުމަށް ދީނުގައި މުހިއްމުކަންދީފައިވާ މިންވަރު ފާހަގަކޮށް، ހުތުބާގައި ބުނެފައިވަނީ ދަރިން މައިންބަފައިންނަށް ހެޔޮކޮށް ހިތައި އިހުސާންތެރިވާން ޖެހޭނެ ކަމަށެވެ. އަދި މައިންބަފައިން ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކޮށް، ދެމަފިރިން އެކަކު އަނެއްގެ ހައްގުތައް ރައްކާތެރިކޮށް އިހުސާންތެރިވުމަށް ދީނުގައި އަންގަވާފައިވާ ކަމަށެވެ. އޭގެ އިތުރުން އެއްބަޔަކު އަނެއްބައެއްގެ އިހުސާސްތަކަށް އިހުތިރާމުކޮށް، މުޖުތަމައުގެ ރައްކާތެރިކަން ދެމިއޮތުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
ދީނާ ހިލާފު ނުވާ ހުރިހާ ކަމެއްގައި ވެރިންނަށް ހައްގު ގޮތުގައި ކިޔަމަންތެވިވުމަށް ވެސް ހުތުބާގައި ވަނީ ހަނދާންކޮށޮށްދީފައެވެ. އަދި މުޖުތަމައުގައި ފިތުނަ ފަސާދަ ނުއުފެއްދުމަށާއި، އަދުލަށް ހުކުމުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކީރިތި ރަސޫލާ ހައްޖަތުލް ވަދާއުގައި ހަދީސް ކުރެއްވި ގޮތަށް، މުދަލާއި ލެއާއި އަބުރަކީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމުގައި ބެލުމަށް ވެސް ހުތުބާގައި ވަނީ ހަނދާކޮށްދީފައެވެ.
ހުތުބާގައި ޝެއިހު ވިދާޅުވީ، ކާފަރުންތަކެއްގެ ގޮތުގައި ވެނުގަތުމަށް ހައްޖަތުލް ވަދާއުގެ ހުތުބާގައި ކީރިތު ރަސޫލާ އުއްމަތަށް ވަސިއްޔަތް ކުރައްވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު