ކޮންމެ ހައްޖު މަހަކީ ވެސް މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު (ކިސްވާ) ބަދަލުކުރާ މަހެކެވެ. ކުރިން މިކަން ކުރަމުން އައީ ހައްޖު ދުވަހުގެ އެއްވަނަ ދުވަހު، އެ އަހަރަކު ހައްޖުގެ އަޅުކަމަށް، ސައުދީ ސަރުކާރުގެ ދައުވަތަށް ގޮސްތިއްބަވާ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ނަމަވެސް އެގޮތް ބަދަލުވެ މިހާރު އުރަކޮޅު ބަދަލު ކުރަނީ، ހައްޖުގެ އަޅުމަށް ހަރަމްފުޅަށް އެއްވާ މީހުން، އަރަފާތަށް ދިއުމަށްޓަކައި ދަތުރުފެށުމާ ގުޅިގެން ހަރަމްފުޅު ހުސްވާ ވަގުތުގަ އެވެ. އެއީ ހައްޖުމަހުގެ ނުވަވަނަ ދުވަހުސް ނުވަތަ ހައްޖު ދުވަހުގެ ރެއެވެ. އެގޮތުން ރޭ ވަނީ ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފަ އެވެ.
ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ ރަނާއި ރިހީގެ ރޮދިން ވިޔެފައި ހުންނަ އާޔަތްތަކާއެކު އެންމެ މޮޅު ފަށުވިންނެވެ. އެގޮތުން މިއަހަރު ވެސް ގެފުޅުގެ އުރަކޮޅު ތައްޔާރު ކޮށްފައިވަނީ 670 ކިލޯގެ ފަށުތްވާއި 120 ކިލޯގެ ރަނާއި 100 ކިލޯގްރާމްގެ ރިހި ބޭނުންކޮށް ގެންނެވެ.
ސައުދީ މީޑިއާތަކުން ބުނެފައިވަނީ އެ އުރަކޮޅު ތައްޔާރު ކޮށްފައިވަނި 21 މެޝިނެއްގެ އެހީގައި 200 އެއްހާ މީހުން ބައިވެރިވާ ޓީމަކުން ކަމަށެވެ. އުރަކޮޅު ބަދަލުކުރުމަށް ތިން ގަޑިއިރާއި 30 މިނެޓްގެ ހޭދަވެފައިވާއިރު، އެކަމުގައި 160 މީހަކު ބައިވެރިވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު