ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، ދިވެހިރާއްޖޭގެ ފުރަތަމަ ގަޑި ބްރޭންޑް "މޯލްޑިވްސް ވޭވްސް"ގެ ފައުންޑަރު ޒާޖީ އިސްމާއިލާ ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރު މަހުލޫފު ވިދާޅުވީ، ދިވެހި އަމިއްލަ ގަޑި ބްރޭންޑެއް އުފެއްދި ޒުވާން ވިޔަފާރިވެރިޔާ ޒާޖީ އިސްމާއިލާއި ބައްދަލުކުރެވުނީތީ އުފާ ކުރައްވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، ޒާޖީ އަކީ ޒުވާން ވިޔަފާރިވެރިންނަށް ނަމޫނާއެއް ކަމަށެވެ.
"ޒާޖީ އަށްވެސް އަދި އޭނާގެ ބްރޭންޑަށްވެސް ކާމިޔާބީއަށް އެދެން" މިނިސްޓަރު މަހުލޫފުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
މޯލްޑިވްސް ވޭވްގެ ބްރޭންޑް އެމްބެސެޑާއަކީ މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުކަން ހޯދި ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު