ކުޅިވަރު

ކުޅުންތެރިޔަކު ކޮވިޑް 19 އަށް ޕޮޒިޓިވްވި ނަމަވެސް ޗެމްޕިއަންސް ލީގު ފަސް ނުކުރަން ޔުއެފާއިން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ކުޅުން އަންނަ ހަފުތާގައި ކުޅެން ހަމަޖެހިފައިވަނިކޮށް ރެއާލް މެޗްރިޑްގެ ކުޅުންތެރިޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވި ނަމަވެސް އެމުބާރާތް ފަސް ނުކުރަން ނިންމައިފި އެވެ.

އަންނަ ހަފްތާގައި މެންޗެސްޓާ ސިޓީ އާ ރެއާލް މެޑްރިޑް ކުޅެން ހަމަޖެހިފައިވާއިރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފޯވަޑް އުމުރުން 26 އަހަރުގެ މަރިއާނޯ ޑިއަޒް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މަރިއާނޯ ޑިއަޒް ކޮވިޑް އަށް ޕޮޒިޓިވްކަން އެނގުނީ ރެއާލުން އެޓީމުގެ ކުޅުންތެރިންނަށް ދިން ހަތް ދުވަހުގެ ޗުއްޓީ ނިންމުމަށްފަހު ކުޅުންތެރިން އެނބުރި އައުމުން ކޮވިޑް19 އަށް ޓެސްޓް ކުރުމުންނެވެ. މިޓެސްޓުތަކުން ޕޮޒިޓިވް ވެފައިވަނީ މަރިއާނޯ ޑިއަޒް އެކަންޏެވެ. މިހާރު އޭނާ ވަނީ ގޭގައި އެކަހެރި ކޮށްފަ އެވެ.

ޔޫއެފާއިން އިނގިރޭސި މީޑިއާތަކަށް ދީފައިވާ ސްޓޭޓްމެންޓްގައި ބުނެފައި ވަނީ އެ އެޖަމިއްޔާއިން އަންނަނީ ކުލްބުތަކާ ވަރަށް ރަނގަޅަށް ވާހަކަ ދައްކަމުން ދެ ހާލަތަށް ވެސް ވަރަށް ކައިރިން ބަލަމުން ކަމަށާއި ސްޕެއިންގެ ކަމާ ބެހޭ ފަރާތްތަކާ ވެސް އެކަމުގައި ވަހަކަ ދައްކަމުން ގެންދާކަމަށެވެ. ޔޫއެފާއިން ބުނެފައިވަނީ މި ކަމުގެ ސަބަބުން މެޗަށް އަސަރު ނުކުރާނެކަމުގެ ޔަގީން ކަން އެބަ އޮތްކަމަށެވެ.

މީގެ ކުރިން ރެއާލް މެޑްރިޑާއި އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗު ސިޓީން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގް އަންނަ ހަފްތާގައި ފަށާއިރު، މިދެޓީމު ކުޅޭ މެޗް އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ.