ކޮންމެ އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕް، އީދު ދުވަހުގެ ހަވީރު ހަތް ޓީމާއެކު ފަށާނެ ކަމަށް އެ މުބާރާތް އިންތިޒާމުކުރާ ފާރާތުން ބުނެފިއެވެ.
މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް އިންތިޒާމްކޮށްފައި ވަނީ މާއެނބޫދޫ ކައުންސިލުންނެވެ. މި ފަހަރުގެ އީދުކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތް މިއަހަރު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝިޔާމް މައުލޫމާތުދެއްވާ ގޮތުގައި މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.
ނައިން އަ ސައިޑްކޮށް ކުޅޭ މި މުބާރާތުގެ ކުޅުން އީދު ދުވަހުގެ ހަވީރު ފަށާ އިރު، މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގައި ޖުމުލަ 12 މެޗު ކުޅޭނެއެވެ.
ޝިޔާމް ވިދާޅުވީ މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމް، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދުކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައި ވަނީ އެކި ފަރާތުންނެވެ.
ދ. މާއެނބޫދޫ
ދ. މާއެނބޫދޫ
ދ. މާއެނބޫދޫ
ދ. މާއެނބޫދޫ