މާލޭގެ އެކި ހިސާބުތަކުގައި ހިންގާ ކުދި މާރުކޭޓްތައް ހުއްޓުވުމުގެ ބާރު އެޗްޕީއޭ އާއި ފުލުހުންނަށް އޮންނާނެ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެެވެ.
މޭޔަރު ޝިފާ މިހެން ވިދާޅުވީ މާލޭ ތެރޭގައި ކުދިކުދި މާރުކޭޓުތަކެއް ހިންގަމުންދިއުމުގެ ސަބަބުން ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްބުނެ އެ ފަރާތްތަކުގެ ޝަކުވާ ބޮޑުވެފައި ވަނިކޮންނެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ޝިފާ ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން މާލޭގައި ހިންގަމުން ގެންދާ ހަމައެކަނި މާރުކޭޓު ތަކަކީ، ލޯކަލް މާރުކޭޓާއި މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓް ކަމަށެވެ. އަދި އެތަންތަން ހިންގުމަށް ފުރުސަތު ދީފައިވަނީ ހަމަ އެކަނި ދިވެހީންނަށް ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.
ނަމަވެސް ކައުންސިލުން ހުއްދަ ނެގުމަކާ ނުލައި، މުޅި މާލޭގައި މާރުކޭޓް ހިންގަމުންދާ ކަމަށާއި، އެތަންތަން ހުއްޓުވުމުގެ ބާރު ފުލުހުންނާއި އެޗްޕީއޭއަށް އޮންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.
ޝިފާ މުހައްމަދު
ޝިފާ މުހައްމަދު
ޝިފާ މުހައްމަދު