ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އީއައިއޭ ހުއްދަ މިމަހު 16 ގައި ލިބިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، އެ ހުއްދަ ލިބުމާ ގުޅިގެން އެ ޕްރޮޖެކްޓްގެ ސައިޓު މިދިޔަ އާދިއްތަ ދުވަހު މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 9000 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 377 މީޓަރު ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން 600 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ހަރުކޮށް، މޫރިންގް ބުއޯއި ބެހެއްޓުމުގެ މަސައްކަތް ވެސް އެޕްރޮޖެކްޓްގައި ހިމެނޭކަމަށް އެމްޓީސީސީން ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މިއީ 18.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ