ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިނގިރޭސި ވިލާރުގެ ގޯޑަން އެންޑްރޫ ސްޓުއާޓް، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގެންފި އެވެ.
އޭނާ އެ މަގާމަށް މިދިޔަ ޖޫން މަހުގެ 28 ގައި އައްޔަންކުރި ނަމަވެސް، ރަސްމީކޮށް މަގާމާ ހަވާލުވެފައި މިވަނީ، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އިއްޔެ ރިޓަޔާ ކުރެއްވުމުންނެވެ.
މޫސާ ސޯލިހު ރިޓަޔާ ކުރެއްވީ 39 އަހަރު ވަންދެން އެމްއޭސީއެލް އަށް ހިދުމަތް ކުރެއްވުމަށް ފަހުގަ އެވެ.
އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އާ ސީއީއޯ އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ، އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.
ސްޓުއާޓް ސޮއިކުރައްވައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ސަބަބުން އޭވިއޭޝަން ދާއިރާ އަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް، މަސައްކަތް ކޮށްގެން އެކަމުން އަރައިގަނެވޭނެ ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް