ކުރިއަށް އޮތް ބަންދު ތެރޭގައި ޕާސްޕޯޓް ހެއްދުމަށް ހުށަހަޅާ ފަރާތްތަކުގެ ޕާސްޕޯޓް ދޫކުރާނީ ސަރުކާރު އޮފީސްތައް އަލުން ހުޅުވުމުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
މިއަހަރުގެ މިނިވަން ދުވަހާ ބޮޑުއީދާ ގުޅިގެން މިއަދުން ފެށިގެން ނުވަ ދުވަހަށް ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. ސަރުކާރު އޮފީސްތައް އަލުން ހުޅުވާނީ އޮގަސްޓް ހަތަރެއްގަ އެވެ.
އިމިގްރޭޝަނުން ބުނީ، އެ މުއްދަތުގެ ތެރޭގައި ޕާސްޕޯޓްތައް ދޫނުކުރި ނަމަވެސް އިމަޖެންސީ ހާލަތެއް މެދުވެރިވެގެން ޕާސްޕޯޓް ހެއްދުމަށް އިމިގްރޭޝަންގެ ޕާސްޕޯޓް ހޮޓްލައިން 9555333 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މީގެ ކުރިން އިމިގްރޭޝަނަށް ގޮސްގެންނާއި އީމެއިލް މެދުވެރިކޮށް ވެސް ޕާސްޕޯޓަށް އެދި ހުށަހެޅުނު ނަމަވެސް ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުން، ޕާސްޕޯޓަށް އެދި ހުށަހެޅަން ޖެހުނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ.
ނަމަވެސް އިމިގްރޭޝަނުން މިހާރު ވަނީ އީމެއިލް މެދުވެރިކޮށް ވެސް ޕާސްޕޯޓަށް އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލައިފަ އެވެ. އޭގެ ބަދަލުގައި މިހާރު ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހެނީ އެ އިދާރާގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށެވެ.
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން