ނޯތު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ކޭސްއެއް ފެނިއްޖެއެވެ.
ނޯތު ކޮރެއާއިން ކޮވިޑް ކޭހެއް ފެނިފައިވާކަން އެގައުމުގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. އޮފިޝަލުން ވަނީ ކޮވިޑް ފެނިފައިވަނީ ސައުތު ކޮރެއާއިން އެގައުމަށް އެތެރެވެފައިވާ މީހެއްގެ ހަށިގަނޑުން ކަމަށް ބުނެފައެވެ. މިމީހާ ނޯތުކޮރެއާ އަށް އެތެރެވިއިރު ކޮވިޑްގެ އަލާމާތްތައް ހުރިކަމުގައިވެސް ބުނެފައި ވެއެވެ. އެމީހާ އެގައުމަށް އެތެރެވެފައިވަނީ ގަވާއިދާ ހިލާފަށް ފިލައިގެންކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
ކޮވިޑްގެ ފުރަތަމަ ކޭހާއެކު ނޯތޔު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުގެ ބޯޑަރު ހިމެނޭ ސިޓީ ކައެސޮންގް ލޮކްޑައުންކޮށް ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. ކިމް ވަނީ މިއީ ނުރައްކާތެރި ދަނޑިވަޅެއް ކަމަށާއި ގައުމަށް ވައިރަސް ވަދެއްޖެ ކަން އިއުލާން ކުރައްވައިފައެވެ.
ރަޝިއާއިން ވަނީ ނޯތު ކޮރެއާއަށް އެތައް ހާސް ކޮވިޑް ޓެސްޓު ކިޓް ހަދިޔާކޮށްފައެވެ. އަވައްޓެރި ބައެއް ގައުމުތަކުންވެސް ވަނީ ނޯތު ކޮރެއާއަށް ކޮވިޑްގެ ޓެސްޓު ކިޓު ހަދިޔާ ކޮށްފައެވެ.
ނޯތު ކޮރެއާއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެގައުމުގެ ބޮޑު ސަރަހައްދެއް ކަރަންޓީނުކޮށްފައިވެސް ވެއެވެ. ދާދި ފަހުން ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ