އާސަންދައިގެ ދަށުން އިންޑިއާއަށް ދިޔަ ތިން ދިވެއްސަކު މަރުވެއްޖެ އެވެ.
އާސަންދައިގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކުންފުނީގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ފުރި ތިން މީހަކު މަރުވެފައިވާ ކަމަށާއި އެމީހުން މަރުވެފައިވަނީ އެކި ދުވަސް މަތިން ކަމަށެވެ. އަދި އެމީހުންނަކީ ރާއްޖެއިން ފުރި އިރުވެސް އުންމީދު ކަނޑާލާފައިވާ ބަލި މީހުން ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އެމީހުން ފަރުވާ ހޯދަން އިންޑިއާއަށް ދިޔައީ ކޮން ބައްޔަކަށް ކަމެއް އަދި އެމީހުން މަރުވެފައިވަނީ ކޮންއިރަކު ކަމެއް އާސަންދައަކުން ނުބުނެ އެވެ.
އޮފިޝަލު ވިދާޅުވީ، އެ އެންމެންނަކީ ވެސް ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ގެންދިޔަ މީހުން ކަމަށެވެ.
އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ނަމަވެސް އެގައުމުގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކުގެ މީހުންގެ ތެރެއިން 87 މީހަކު މިހާތަނަށް އިންޑިއާއަށް ގޮސްފައިވެ އެވެ.
އެގޮތުން ފުރަތަމަ ބެޗުގެ މީހުން އިންޑިއާއަށް ފުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ. އެ ބެޗުގައި 28 މީހަކު އިންޑިއާއަށް ދިޔަ އެވެ. އެ އެންމެންވެސް ގެންގޮސްފައިވަނީ އަމްރިތާ އަށެވެ.
ދެވަނަ ބެޗުގެ މީހުން އިންޑިއާއަށް ދިޔައީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެމީހުންގެ ތެރެއިން 49 ދިވެހިން ގޮސްފައިވަނީ އަމްރިތާ ހޮސްޕިޓަލަށެވެ. ބާކީ 10 ދިވެހިން ގޮސްފައި ވަނީ ކިމްސް ހޮސްޕިޓަލަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު