ކޮވިޑް19އާ ގުޅިގެން އުފެދިފައިވާ ރާއްޖޭގެ އިގްތިސާދީ ވަޅުގަނޑަކީ، ސަމާސާކުރާ ވަރަށްވުރެ ނާމާކަން ބޮޑު ވަޅުގަނޑެއް ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން މަދުކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު އިގްތިސާދީ ހީނަރުމަކެއް އަންނާނެ އެއް ގައުމަކީ ރާއްޖެ ކަމަށް އެތައް އިންޒާރެއް ދީފައިވާ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ސަލާމަތްތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް ރާއްޖެ އަދިވެސް ހިމެނެނީ ނުރައްކާ ބޮޑު ގައުމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ފޮރިން މިނިސްޓަރަށް ބުރަވެ ރައްޔިތުންގެ ފައިސާ އިން ބޮޑު ހޭދަކޮށް ވަޒީފާއަށް މީހުން އިތުރުކޮށް، ހެލްތުން އޮބިއަޅައި ފޮރުވި ހަގީގަތް ދުނިޔެއަށް ފެނިއްޖެ. ފޮނިބައިސާ ކަނޑަމުން ހިންގެވުމަކުން ފަތުރުވެރިން ނާންނާނެ. ސަމާސާ ކުރާވަރަށް ވުރެ އިގްތިސާދީ މި ވަޅުގަނޑުގެ ނާމާންކަން ބޮޑު،" ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ޖަމީލު މިހެން ވިދާޅުވި އިރު، ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް މިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އިއްޔެއާ ހަމައަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު