ކޮވިޑް 19ގެ ސަބަބުން ތިން މަހެއްހާ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި ބޭއްވުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލުމާއެކު، މިއަދާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރުމަށް 226 މީހުން އެތެރެވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރާއްޖެ އެތެރެވެފައިވަނީ ސްރީލަންކާގެ ރައްޔިތުންނެވެ. އެގޮތުން އެގައުމުން 123 މީހަކު އައިސްފައިވާ އިރު، ދެން އެންމެ ގިނައިން ރާއްޖެއަށް އައިސްފައިވަނީ އިންޑިއާއިންނެވެ. އެގޮތުން އެގައުމުގެ 36 މީހަކު ރާއްޖެ އައިސްފައިވެއެވެ.
- ސްރީލަންކާ - 123 މީހުން
- އިންޑިއާ - 36 މީހުން
- ތުރުކީ - 13 މީހުން
- ފިލިޕީންސް - 11 މީހުން
- ޗައިނާ - 9 މީހުން
- އިޓަލީ - 8 މީހުން
- މިސްރު - 7 މީހުން
- އިނގިރޭސިވިލާތް - 7 މީހުން
- ފްރާންސް - 5 މީހުން
- މެލޭޝިއާ - 5 މީހުން
އެ ދިހަ ގައުމުން 224 މީހުން ރާއްޖެ އައި އިރު އަނެއް 42 މީހުން އައިސްފައިވަނީ އެހެނިހެން ގައުމުތަކުންނެވެ.
ބޯޑަރު ހުޅުވާލުމާއެކު މިއަދާ ހަމައަށް ރާއްޖެއަށް 904 ފަތުރުވެރިންވެސް އައިސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު