އިންޑިއާއިން ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ 29،557 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިއީ އިންޑިއާގައި ކޮވިޑް ފެތުރެން ފެށި ފަހުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރެކޯޑް ކުރެވިފައިވާ ދުވަހެވެ.
އެގައުމުގައި ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް މަތިވަމުން ދާއިރު އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ބުނީ އެގައުމުގައި ރަނގަޅުވާ މީހުންގެ ރޭޓު ހުރީ %63.18 ގައި ކަމަށެވެ.
އިންޑިއާގައި މިހާތަނަށް 15 މިލިއަނަށްވުރެ ގިނަ ޓެސްޓު ހަދާފައިވާއިރު މިހާތަނަށް އިންޑިއާއިން 12 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވެއެވެ. އިންޑިއާއަކީ ދުނިޔެއިން އެންމެ ގިނައިން ކޮވިޑް ޖެހުނު މީހުންގެ ތިން ވަނައިގައިވާ ގައުމެވެ.
އިންޑިއާގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ގިނަވެ ކޮންޓްރޯލް ނުވެފައިވާއިރު އެގައުމުން ވަނީ ދުވާލެއްގެ ތެރޭ ހަތަރު ލައްކަ ޓެސްޓު ކުރެވޭވަރުގެ ކެޕޭސިޓީ އިތުރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ