ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކަކާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
ފަޒީލަށް ކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުން އަންނަނީ ބަލަމުންނެވެ. އަދި އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެމްއާރްއެމް އިން ބުނީ ފަޒީލްގެ މައްޗަށް ތުހުމަތު ކުރަމުން އަންނަ މައްސަލަތައް ތަހުގީގުކޮށް ބަލައިދިނުމަށް އެދި ފުލުހަށާއި ޖެންޑާއަށް ހުށަހަޅާފައިވާ ކަމަށެވެ.
ފަޒީލްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ ސީރިއަސް މައްސަލަތަކެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި އޮފީހުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް އެކި ކަހަލަ ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. އެކަމާ ގުޅޭ ބައެއް ސްކްރީން ޝޮޓްތައް ވެސް ވަނީ އާންމުވެފައެވެ.
ފަޒީލް ސަރުކާރުގެ ވަޒީފާގައި ހުރީ ވެސް އެމްއާރްއެމްގެ ސްލޮޓެއްގައެވެ. އެ މައްސަލަ ބަލައި ނިމެންދެން ޕާޓީގެ ހަރަކާތްތަކުން ފަޒީލް އެކަހެރިކޮށްފައިވާ ކަމަށް ވެސް އެމްއާރްއެމް އިން ވަނީ މީގެ ކުރިން ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު