ސޯޝަލްސެންޓަރުގައި ކުޅިވަރު ކުޅުންތެރިންނަށް ހާއްސަކޮށް އައިސްބާތު ފެސިލިޓީއެއް ގާއިމުކޮށްފި އެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިސްބާތު ފެސިލިޓީ މިހާރު ގާއިމުކޮށް ނިމިފައިވާ ކަމަށާއި، މިކަމަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ކުޅުންތެރިން އެދެމުން އައި ކަމެއް ކަމަށެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ މި ގާއިމު ކުރެވުނު އައިސްބާތު ފެސިލިޓީގެ ސަބަބުން ކުޅުންތެރިންގެ ރިކަވަރީއަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

ސޯޝަލް ސެންޓަރަކީ އިންޑޯ ގިނަ ކުޅިވަރުތަކެއް ކުޅެމުން އަންނަ ތަނެކެވެ. އެގޮތުން ވޮލީ، ބާސްކެޓްގެ އިތުރުން ނެޓްބޯޅަ މުބާރާތްތައް އެ ސެންޓަރުގައި ބާއްވައެވެ. ޔޫތު ސެންޓަރަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ޖަޕާނުގެ ހިލޭއެހީގައި ގާއިމުކޮށްފައިވާ ތަނެކެވެ.