ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އާ ބަނދަރު އަދި ނެރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 248 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުމާއި، ބަނދަރު ސަރަހައްދުގައި ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި ހަރުކުރުން އަދި ބަނދަރު ބައްތި ހަރުކުރުން ހިމެނޭ ކަމަށެވެ.

ނ. މިލަދޫ ބަނދަރު ހެދުމުގެ މަޝްރޫއު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 42.18 މިލިއަން ރުފިޔާއަށެވެ.