އަލަސްކާ އަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވަނީ އަލަސްކާއަށް 7.8 މެގްނެޓިއުޑްގެ ބިންހެލުމެއް އައިކަމަށް ރެކޯޑްކުރެވިފައިވާ ކަމަށް ބުނެފައެވެ.
ބިންހެލުން އައިސްފައިވަނީ އަލަސްކާގެ ދެކުނުން ޕެރީވިލޭ އާއި ދިމާ ކަނޑުގެ 10 ކިލޯމީޓަރުގެ އަޑިން ކަމަށް ޖިއޮލޮޖިކަން ސާވޭއިން ބުނެފައި ވެއެވެ.
މި ބިން ހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފައި ވަނީ އަލަސްކާގެ ދެކުނުގެ ސަރަހައްދުގެ އިތުރުން އެމެރިކާގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށާއި ކެނެޑާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ.
ސުނާމީ އިންޒާރުގައި ބުނެފައިވަނީ ބިންހެލުން އައި ހިސާބުން ފެށިގެން 300 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީގެ އަސަރު ކުރާނެކަމަށް ބެލެވޭކަމަށެވެ.
ސުނާމީގެ އިންޒާރާއެކު އައްސޭރިފަށުގެ އިތުރުން ބިންތިރި ހިސާބުތަކުގައި ތިބި މީހުން އުސް ސަރަހައްދުތަކަށް ނުވަތަ ނުރައްކާ ނެތް ސަރަހައްދުތަކަށް ދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ