ރ. ދުވާފަރު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ 67 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 28.2 މިލިއަން ޑޮލަރަށެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަގުތަކުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މި މަހުގެ 14 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. އަދި 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅިފައިވާ ކަމަށް ވެސް ބުންޏެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ދުވާފަރުގެ އިތުރުން ލ. ފޮނަދު އާއި ރ. އުނގޫފާރު އަދި ހދ. ހަނިމާދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށް ވެސް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެ ހަތަރު މަޝްރޫއުގެ ޖުމުލަ އަގަކީ 120 މިލިއަން ރުފިޔާ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ