ކޮވިޑް 19އާ ގުޅިގެން ނޭޕާލުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ލުއިކޮށް މުޅި ގައުމުން ލޮކްޑައުން އުވައިލަން ނިންމައިފިއެވެ.
ކޮވިޑް ފެތުރުން ކުޑަކުރުމަށް ނޭޕާލުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ލޮކްޑައުން އުވައިލަން އެގައުމުގެ ކެބިނެޓުގެ މަޝްވަރާއިން ނިންމާފައިވާ ކަމަށް ނޭޕާލް ސަރުކާރުގެ ތަރުޖަމާނު އަދި ފިނޭންސް މިނިސްޓަރު ޔުބާ ރާޖް ކަތިވަޑާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރައްވައިފައެވެ.
އެގޮތުން މާދަމާއިން ފެށިގެން ލޮކްޑައުން އުވައިލުމަށް ނިންމާފައިވެއެވެ. ލޮކްޑައުން އުވައިލި ނަމަވެސް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދިނުމަށް ވަނީ ތާރީހުތަކެއް އިއުލާންކޮށްފައެވެ.
ނޭޕާލްގެ އެތެރެ އަދި ބޭރުގެ އުދުހުންތައް ގިނަ ދުވަސްތަކަކަށް ފަހު އަލުން ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުގައެވެ. ނޭޕާލުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ރެސްޓޯރަންޓުތަކާއި ހޮޓަލްތައް މިމަހުގެ 31 ވަނަ ދުވަހުން ފެށިގެން އޮޕަރޭޓް ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ގިނަ ފިޔަވަޅުތަކެއް ލުއި ކުރި ނަމަވެސް ނޭޕާލްގެ މުނިފޫހިފިލުވާ ސިނަމާތަކާއި ކްލަބުތަކުގެ އިތުރުން ސެލޫންތަކާއި ލައިބްރަރީތަކާއި މިއުޒިއަމްތައް ހުޅުވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ