ކިއުބާ އިން ކޮވިޑާ ދެކޮޅަށް ކުރި ހަނގުރާމަ ނިންމާލައި ގައުމު އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ކިއުބާގައި ކޮވިޑް ފެތުރެން ފެށިތާ 130 ދުވަސް ފަހުން އެގައުމުގެ އާންމުންގެ ތެރެއިން އެއްވެސް ކޭސްއެއް ފެނިފައި ނުވާކަން ވަނީ އިއުލާން ކޮށްފައެވެ.
ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ވަނީ އެގައުމުގައި ކޮމިއުނިޓީ ސްޕްރެޑެއް ނޫޅޭކަން ޔަގީން ވުމުން ގައުމު އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކިއުބާ އިން ވަނީ ތިން ފޭހަކަށް ބަހާލައިގެން ލުއި ދިނުމަށް ނިންމައިފައެވެ. އެގޮތުން އާންމު ދަތުރު ފަތުރުގެ އިތުރުން ބީޗުތަކާއި އާންމުން އެއްވާ ތަންތަނުގެ އިތުރުން ރެސްޓޯރެންޓުތައްވެސް ފުރަތަމަ ފޭހުގައި ހުޅުވައިލުމަށް ވަނީ ނިންމައިފައެވެ.
ކިއުބާއިން މިހާތަނަށް 2445 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެއެވެ. އެގައުމުން ވަނީ ކޮވިޑްޖެހި 87 މީހުން މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ