ކަރަންޓީނު ފެސިލިޓީއަކުން ފިލި ބިދޭސީއަކު ހޯދަން، އޭނާގެ ފޮޓޯއާއި މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، ބަހާދުރު (ޕާސްޕޯޓު ނަންބަރު: BP0762231) އެވެ.
ކަރަންޓީން ފެސިލިޓީއަކުން ބަހާދުރު ފިލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ފުލުހުން ބުނެއެވެ.
ބަހާދުރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9980062 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުން އަންނަ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު