ބޭރު މީހުންނަަށް ވަކި މުއްދަތަކަށް ވިލާ ފަދަ ތަންތަން ގާއިމްކޮށް، ތަންތަން ވިއްކޭނެ ސެކަންޑް ހޯމް ހއ. ދައްޕަރުގައި ފަށަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ، އެ ޕްރޮޖެކްޓަކީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން ވިސްނަވަނީ، އެތަނުގައި ގާއިމް ކުރާ ވިލާ ނުވަތަ އެޕާޓްމެންޓެއް 300،00 ޑޮލަރަށް ގަތުމުން އެއީ އިންވެސްޓްމެންޓެއް ކަމަށްބަލައި އެމީހަކަށް ފަސޭހައިން ރާއްޖެ އައިސް ގޮސްވާގޮތަށް ރެޒިޑެންސް ވިދާ ދޫކުރެވޭގޮތަށް ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ، އެފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ހަމަޖެހިފައި ވަނީ، ދައްޕަރު ފަދަ ވަކިވަކިން ހުންނަ ތަންތަނުގައި ކަމަށެވެ. އަދި މިއީ އަޖުމަ ބެލުމުގެ ޕްރޮގްރާމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށްޓަކައި، އިންވެސްޓަރަށް ވެސް ހައްގުތަކެއް ކަށަވަރުވާ ގޮތަށް ވިސާގެ ކަންކަން ބައްޓަންކުރުމަށް ންރެސިޑެންސީއާ ގުޅޭ ގާނޫނެއް ތައްޔާރު ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.