ދިގު މުއްދަތަށް ރާއްޖޭން ގެ ކުއްޔަށް ހިފައިގެން އުޅޭ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދޭން ބޭނުންވެވަޑައި ނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ރާއްޖެއިން 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭން ޖެހޭ ގޮތަށް ހިމަނައި، އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވި އިސްލާހުތަކާ ގުޅިގެން އެކަމާބެހޭ ގޮތުން ބައެއް ކަންކަން އޮޅުން ފިލުވުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ގަބޫލު ކުރެވިފައި އޮތީ، އެ އިސްލާހަކީ ސެކަންޑް ހޯމް ޕްރޮޖެކްޓާ ގުޅިގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. ނަމަވެސް އެގޮތަށް ކުއްޔަށް އުޅޭ ފަރާތްތަކަށް އެފަދަ ވިސާއެއް ދިނުމުގެ ވިސްނުމެއް މި ސަރުކާރުގައި ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭން ޖެހޭގޮތަށް ހިމަނައިގެން، ތިން އިސްލާހެއް ގެނައުމަށް ފާހަގަ ކުރައްވައި، އިމިގްރޭޝަންގެ ގާނޫނު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މަޖިލިސް ރައީސް އަނބުރާ ފޮނުއްވައި ލެއްވީ، އެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށެވެ.
ކޮމިޓީގައި ވާހަކަ ދައްކަަމުން، މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ކޮމިޓީން ބިލަށް އިސްލާހު ގެނަސްފައިވަނީ، ސަރުކާރުން އެދިފައިވާ ގޮތަށް ކަމަށެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުގައި ފޮރިން މިނިސްޓރީގެ ބޭފުޅުންވެސް ބައިވެރިވެ ވަަޑައިގެންނެވިއެވެ.
އެކަމުގައި ފޮރިން މިނިސްޓްރީން ވެސް ވަނީ މިނިސްޓަރު ފައްޔާޒުގެ ވާހަކައަށް ތާއީދު ކުރައްވައިފައެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް